ހޮލީވުޑް

ފްރޯޒަން ދޭއްގެ ޓްރެއިލާ ދައްކާލައިފި

ކުޑަކުދިންގެ ތެރޭގައި މަގުބޫލުވި ކާޓޫނު "ފްރޯޒަން" ގެ ދެވަނަ ބައިގެ ޓީޒާ ދައްކާލައިފި އެވެ.

ޑިޒްނީގެ ފްރޯޒަން ސިނަމާތަކަށް އައީ 2013 ވަނަ އަހަރު އެވެ. އެ އަހަރަށްފަހު އަދިވެސް މި ކާޓޫނަކީ ކުޑަކުދިންގެ ތެރޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ކާޓޫނެކެވެ. އާ ޓީޒާ ޓްރެއިލާގައި ދައްކުވައިދެނީ މި ކާޓޫނުގެ މައިގަނޑު ކެރެކްޓާތައް ކަމުގައިވާ އެލްސާ، ކޮއްކޮ އާނާ އާއި އޯލާފް ގެ އިތުރުން ކްރިސްޓޯފް އެވެ.

މި ކާޓޫނަކީ ކްރިސް އަދި ޖެނިފާ ލީ ޑައިރެކްޓުކޮށް އުފައްދާފައިވާ ކާޓޫނެކެވެ. ކާޓޫނުގެ މަގުބޫލުކަން މުޅި ދުނިޔޭގައި ފެތުރި މި ކާޓޫނަށް ވަނީ 876 މިލިއަން ޑޮލަރުގެ ފައިދާއެއް ވެސް ޖެހިފަ އެވެ. އަދި އަހަރުގެ އެންމެ މޮޅު އެނިމޭޓެޑް ކާޓޫނުގެ ޝަރަފު އޮސްކާއިން ހޯދާ ކާޓޫނުގެ ލަވަ "ލެޓް އިޓް ގޯ" އަށްވެސް އޮސްކާގެ އެންމެ މޮޅު ލަވައިގެ އިނާމު ލިބުނެވެ.

"ފްރޯޒަން" ގެ ދެވަނަ ބައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ 22 ނޮވެމްބަރުގަ އެވެ.