ހޮލީވުޑް

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް އެންގޭޖް ވެއްޖެ

ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި އެކްޓަރު އޮލެންޑޯ ބްލޫމް އެންގޭޖް ވެއްޖެ އެވެ.

ކޭޓީ އާއި އޮލެންޑޯ ވަނީ ދެމީހުން އެންގޭޖްވީ ކަމުގެ އަނގޮއްޓި ދައްކާލާ ދެ ތަރިންްގެ ފޭނުންނަށް އެ އުފާވެރި ހަބަރު ސޯޝަލް މީޑިއާގައި ދީފަ އެވެ. ބޭރުގެ ހަބަރުތަައް ބުނާ ގޮތުގައި ކޭޓީ އާއި އޮލެންޑޯ އެންގޭޖް ވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ކޭޓީ ކައިރީ އިންނަން އެހީ އެރޭ ކާން އިނދެފައި ކަމަށާއި އެކަން ވެގެން ދިޔައީ ކޭޓީ އަށް ބޮޑު ސަޕްރައިޒް އަކަށް ކަމަށްވެސް ހަބަރުތަކުގައި ބުނެ އެވެ.

ހޮލީވުޑްގެ ނޫސް "އީ ނިއުސް" އިން ބުނެފައިވާ ގޮތުގައި އޮލެންޑޯ މި ސަޕްރައިޒް ތައްޔާރު ކުރާތާ މިހާރު ދުވަސްކޮޅެއްް ވެއްޖެ އެވެ. އަދި އިތުބާރު ހުރި ފަރާތްތަކުން "އީ-ނިއުސް" އަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ރޭގެ ހާއްސަ ހަފްލާއަށް ކޭޓީގެ ރައްޓެހިންނަށްވެސް އޮލެންޑޯ ވަނީ ދައުވަތުވެސް ދީފައި ކަމަށް ބުނެ އެވެ. މި ސަޕްރައިޒް ބޭއްވުނީ ލޮސްއެންޖަލަސްގައި ހުންނަ އެ ދެމީހުންގެ ގޭގަ އެވެ.

ކޭޓީ،34 އާއި އޮލެންޑޯ،42 އެކުގައި ފެންނަން ފެށީ 2016 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް ޕާޓީ އަށް ފަހު އެވެ. މި ދެތަރިންވެސް މީގެ ކުރިންވަނީ އެހެން ކައިވެންޏެއް ކޮށްފަ އެވެ. ކޭޓީ ކައިވެނި ކޮށްގެން އުޅުނީ ކޮމީޑިއަން ރަސަލް ބްރޭންޑް އާ އެެވެ. އަދި އޮލޭންޑޯ ކައިވެނި ކޮށްގެން އުޅުނީ މޮޑެލް މިރެންޑާ އާ އެވެ.