ބޮލީވުޑް

ޕްރިޔަންކާ ބަނޑުބޮޑެއް ނޫން

ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބަނޑުބޮޑު ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތައް އޭނާގެ މަންމަ މަދޫ ޗޯޕްރާ ދޮގުކޮށްފި އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އާއި ޕްރިޔަންކާ ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ޕްރިޔަންކާ ބަލިވެ އިން ކަމަށް ބުނާ ވާހަކަތައް ފެތުރެން ފެށީ މިދިޔަ ހަފުތާގައި ބޭއްވި ނިއު ޔޯކް ފެޝަން ވީކަށް ޕްރިޔަންކާ ދިޔައިރު، ލައިގެން ހުރި ހެދުން ބާރުކަމުން އޭނާގެ ބަނޑު ބޮޑު ކަމަށް ފެންނަހެން ފޮޓޯ ތައް ދައުރުވާން ފެށުމުންނެވެ.

މި ހަބަރު ގިނަ ނޫސްތަކަކުން ދައުރުކުރި ނަމަވެސް ޕްރިޔަންކާގެ މަންނަ އިންޑިއާގެ ނޫސް، "މިޑްޑޭ" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޕްރިޔަންކާ އިނީ ބަލިވެ ނޫން ކަމަށާއި ފޮޓޯ ނަގާފައި ހުރި ދިމާލުން ބަނޑުބޮޑުހެން ހީވަނީ ކަމަށެވެ.

"ފޮޓޯ ނަގާފައިހުރި އޭންގަލް ގޯސްވެގެން ޕްރިޔަންކާ ބަނޑުބޮޑުހެން ހީވީ. އެކަމަކު އެއީ ހަގީގަތެއް ނޫން. އޭނާ އަޅައިގެން ހުރި ހެދުން ވެސް ރަނގަޅު. ބައެއް ފޮޓޯ ތަކުގައި އެހެން ހީވަނީ. ދެން ހުރި ފޮޓޯ ތަކުގައި އެހެން ހިޔެއް ނުވޭ" މަދޫ ބުންޏެވެ. އަދި، އެ ވާހަކަ ޕްރިޔަންކާ ކައިރީ ދެއްކުމުން ޕްރިޔަންކާ ބުނީ ފޮޓޯ ނެގި ވަގުތު އޭނާ ހުރީ ވަރުބަލި ވެފައި ކަމަށާއި އެހެންވެ ރަނގަޅަށް ޕޯސް ނުކުރެވުނީ ކަމަށެވެ.

ބަނޑުބޮޑު ކަމަށް ބުނާ ފޮޓޯ --

ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހު ކައިވެނި ކުރި ޕްރިޔަންކާ އާއި ނިކް ވެސް ދަރިން ހޯދާ އަވަހަށް އާއިލާއެއް ފަށާނެ ކަމަށް އެކި ފަހަރު މަތިން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވެ އެވެ. ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރި "އިޒިންޓް އިޓް ރޮމޭންޓިކް؟" އެވެ.