ބޮލީވުޑް

ނަވާޒުއްދީނާއި ސަންޔާގެ ލޯބި، ފޮޓޯގަނޑަކުން!

ސަންޔާ މަލޯތްރާ އާއި ނަވާޒުއްދީން ސިއްދީގީ ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޕޮޓޯގްރާފް" ގެ ޓްރެއިލާ ރިލީޒްވުމުން ބެލުންތެރިންގެ މެދުގައި އެ މަގުބޫލު ވެއްޖެ އެވެ. މާޗް މަހުގެ 15 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒް ކުރާ މި ފިލްމަކީ މުމްބާއިގައި އުޅޭ ނިކަމެތި ފޮޓޯގްރާފަރަކަށް ދިމާވާ ހާދިސާ ތަކެއް ދައކުވައިދޭ ފިލްމެކެވެ.

އޭނާގެ މުސްކުޅި މާމާގެ އެދުމުގެ މަތިން އަންހެން ކުއްޖަކަށް ލޯބި ހުށަހަޅައި ދެ މީހުންގެ ދެމެދު އުފެދޭ ލޯބީގެ ވަރުގަދަ ގުޅުން މި ފިލްމުގައި ކިޔަދޭނެ ކަމަށް ބެލެވެ އެވެ.

ޓީޒާގެ ފުރަތަމަ މަންޒަރުތަކުގައި ފެންނަނީ "ގޭޓްވޭ އޮފް އިންޑިއާ" ބިނާ ކައިރިން، އަންހެންކުއްޖެއްގެ ފޮޓޯ ނަގަން އުޅޭ މަންޒަރެވެ. އަދި އެ އަންހެން ކުއްޖާ އާއި ނަވާޒުއްދީން އާ ދެމެދު ހިނގާ މަޑުމަައިތިރި ލޯބި ދެން ފެނިގެންދެ އެވެ. މިއީ ހިންދީ ސިނަމާތަކަށް ތަފާތު ޓްރެއިލާ އެކެވެ. މަޑުމައިތިރި ލޯތްބެއް ދައްކުވައިދެނީ މި "ސައިލެންޓް" ޓްރެއިލާ އިންނެވެ.

"ފޮޓޯގްރާފް" ފިލްމަކީ ރިތޭޝް ބާޓްރާ ޑައިރެކްޝަނަކަށް އުފައްދާފައިވާ ފިލްމެކެވެ. އަދި ތަަފާތު ރޯލު ތަކުން ފެންނަ އެކްޓަރު ނަވާޒުއްދީންއާއިއެކު ފެންނަ ސަންޔާ އަކީ ސަލްމާން ހާންގެ "ޑަންގަލް" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ތަރި އެވެ.