ހަބަރު

ދެ ދުވަސްތެރޭ ޖޭޕީން އީސީއަށް 000،1 ފޯމް ހުށަހަޅައިފި

Dec 29, 2014

ދެ ދުވަސް ތެރޭގައި މެންބަރުންގެ ގޮތު އަލަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ވަންނަން އެދުނު 1،000 އަށް ވުރެ ގިނަ މެންބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

ޖޭޕީން ބުނީ ދެ ދުވަސްތެރޭގައި ހާހަކަށްވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ސޮއިކޮށްފައި ވަނީ ޕާޓީގެ މެންބަޝިޕް އިތުރުކުރުމަށް ފެށި ހަރަކާތުގެ ތެރެއިން ކަމަށާއިއަލަށް ހުށަހެޅި ފޯމްތަކަކީ ފޯމް ހުށަހެޅުމުގެ ކުރިން ވެރިފައި ކުރުމުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުށަހެޅި ފޯމްތަކެއް ކަމަށެވެ. 

ޖޭޕީން ބުނާ ގޮތުގައި އީސީގެ ދަފްތަރުގައި އެ ޕާޓީގެ މެންބަރުންގެ ގޮތު މިހާރުވެސް 15،000 މެންބަރުން އެބަތިބި ކަ ކަމަށެވެ. 

މެންބަޝިޕް ފޯމް ހުށަހެެޅުމުގައި އޮޅުވާލާފައިވާ ކަމަށް ބުނެ އީސީ މީގެ ކުރިން ވަނީ އެތައް ފަހަރަކު ޖޭޕީ ޖޫރިމަނާކޮށްފަ އެވެ.