ދުނިޔެ

ހެލިކޮޕްޓަރު ވެއްޓި ނޭޕާލުގެ ޓޫރިޒަމް މިނިސްޓަރު އަވަހާރަވެއްޖެ

Feb 28, 2019

ކަތުމަންޑޫ (ފެބްރުއަރީ 28) - ނޭޕާލުގެ ޓޫރިޒަމް މިނިސްޓަރު ރަބިންދުރަ އަދިކާރީ ގޮވައިގެން ދަތުރުކުރި ހެލިކޮޕްޓަރު ވެއްޓި އެމަނިކުފާނު އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރުގެ އަރިހުގައި ދަތުރުކުރި އިތުރު ހަ މީހަކު ވެސް އެ ހާދިސާގައި މަރުވެފައިވާ ކަމަށް ހޯމް މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

ނޭޕާލުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ވެރިރަށް ކަތުމަންޑޫގެ 240 ކިލޯމީޓަރުގެ އިރުން އޮންނަ ޕަތިވާރާއަސް ވަޑައިގެންނެވީ އެ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ބައްލަވައިލައްވާށެވެ.

އެ ހެލިކޮޕްޓަރު އޮޕަރޭޓުކުރާ އަމިއްލަ ކުންފުންޏެއް ކަމުގައިވާ "އެއާ ޑައިނެސްޓީ" އަކީ ޓޫރިސްޓުންނާއި އާންމުންނަށް ހެލިކޮޕްޓަރު ދަތުރުތައް ކޮށްދޭ ކުންފުންޏެކެވެ.

ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ގިނަ ނޭޕާލުގެ އެއާލައިންތަކުގެ ފްލައިޓުތަކަށް ޔޫރަޕުގެ ވައިގެ ސަރަހައްދަށް ވަނުން އޮންނަނީ މަނާކޮށްފަ އެވެ.