ހަބަރު

ހިޔާ ފްލެޓް އިމާރާތަކުން މީހަކު ވެއްޓި މަރުވެއްޖެ

Mar 2, 2019
1

ހުޅުމާލޭގެ ދެވަނަ ފޭސްގައި ހަދަމުން އަންނަ ހިޔާ ފްލެޓް އިމާރާތަކުން ބިދޭސީއަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2 ގައި ހަނދަމުން ދާ ޓަވަރު ހަޔެއްގެ ނުވަވަނަ ފަންގިފިލާއިން މިއަދު ހެނދުނު 8:29 އެހާކަންހާއިރު ވެއްޓިފައި ވަނީ، ޗައިނާ މީހަކު ކަމަށެވެ. އެ މީހާ ވެއްޓުނީ ނުވަ ވަނަ ފްލޯއިން އެ އިމާރާތުގެ ދެވަނަ ފަންގިފިލާއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މިފަހަކަށް އައިސް ހަނދަމުން ދާ އިމާރާތްތަކުން މީހުން ވެއްޓި މަރުވުމުން ވަނީ އާންމުވެފަ އެވެ.