ހިޔާ މަޝްރޫއު

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރަން ޗައިނާ ކުންފުންޏަކަށް ދީފި

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމުކުރުމަށްޓަކައި ޗައިނާގެ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްފި އެެވެ.

އެޗްޑީސީ އިން ބުނީ މިމަޝްރޫއުގެ ދަށުން މުޅި ޖުމްލަ 32 ލިފްޓް ހަރުކުރާނެ ކަމަށެވެ.

މިއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަ އަދި ސްޓްރެޗަ ލިފްޓެކެވެ.

އެޗްޑީސީ އިން ބުނީ މިހާރު މަސައްކަތް ފަށާފައިވާ މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.

މި މަޝްރުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ފްލެޓްތަކުގައި ހުރި ލިފްޓްތައް މަދުކަމުން ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެޗްޑީސީ އިން ބުނީ މި ލިފްޓުތައް ގާއިމުކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށެވެ. އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ކަންކަން ކޮށްދިނުމަށް ކަމަށްވެސް އެޗްޑީސީ އިން ބުނެ އެވެ.