ވިޔަފާރި

ގައުމީ އެޗްއާރު ކޮންވެންޝަން ފަށައިފި

Mar 4, 2019

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ)އިން ބާއްވާ ފުރަތަމަ ގައުމީ އެޗްއާރު ކޮންވެންޝަން ފަށައިފި އެވެ.

ދަރުބާރުގޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ "އެމްއޭއެޗްއާރްޕީ ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2019" ގައި ހިއުމަން ރިސޯސަސް ދާއިރާއިން ފުންނާބު އުސް ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި މި ދާއިރާއިން ފާހަގަ ކޮށްލެވޭ ގިނަ މާހިރުން ހިމެނެ އެވެ.

ނޭޝަނަލް އެޗްއާރް ކޮންވެންޝަންގެ ފުރަތަމަ ހަރަކާތުގެ ތީމްއަކީ "ފިއުޗާ އޮފް އެޗްއާރް އަދި ވާކް" ކަމަށްވެފައި، މައިގަނޑު ހަތަރު ދާއިރާއަކަށް ސަމާލުކަން ދޭނެ އެވެ. މިއީ، މުވައްޒަފުންގެ ކުރިއެރުވުން އަދި އާދަކާދަ، މުވައްޒަފުންގެ ދުޅަހެޔޮކަން އަދި މަސައްކަތައް ހުންނަ ޝައުގުވެރިކަން، އެޗްއާރުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމާއި އީޖާދުތައް، އަދި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އެޗްއާރުގެ ދައުރާއި މުސްތަގުބަލުގެ މަސައްކަތްތައް މި ހަތަރު ދާއިރާ އެވެ.