ބޭރު ކުޅިވަރު

އަންހެނުންގެ ވޯލްޑް ކަޕް ތިން ވަނަ ފަހަރަށް އެމެރިކާ އަށް

Jul 6, 2015

ޖަޕާން 5-2އިން ބަލިކޮށް އަންހެނުންގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެމެރިކާ ތިން ވަނަ ފަހަރަށް ހޯދައިފި އެވެ.

ކެނެޑާގައި ކުޅުނު ފައިނަލް މެޗުގައި އެމެރިކާގެ ކެޕްޓަން ކާލީ ލޮއިޑް ހެދި ހެޓްރިކަކީ މި މުބާރާތުގެ ފައިނަލް މެޗެއްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. އޭނާ ވަނީ މެޗުގެ ފުރަތަމަ ފަސް މިނިޓްގައި ދެ ގޯލު ޖަހާފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކާލީ ހެޓްރިކް ހެދި ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނިޓްގަ އެވެ. އަދި މެޗުގައި ފެނިގެންދިޔަ ހަތް ގޯލަކީ ވެސް މުބާރާތުގެ ރެކޯޑެކެވެ. އަދި މެޗުގައި ޖަޕާނަށް ސުންކަނޑުވާ ލެވުނީ ވެސް އެމެރިކާ ހަތަރު ލަނޑު ޖެހި ފަހުން މެޗުގެ 27 ވަނަ މިނިޓްގަ އެވެ.

މި މުބާރާތް މި އަހަރު ކާމިޔާބު ކުރުމުން އެމެރިކާ ވެފައިވަނީ ތިން ވަނަ ފަހަރަކު މިތަށި ހޯދި ފުރަތަމަ ގައުމަށެވެ. މީގެ ކުރިން އެ ގައުމު ވަނީ 1991 1999ގައި ތަށި ހޯދައިފަ އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ފީފާގަ ރައީސް ސެޕް ބްލެޓާ ބައިވެރިވަޑައިނުގަންނަވަ އެވެ. އޭނާ ފައިނަލް މެޗަށް ވަޑައިނުގަތީ ފީފާ އާއި އޭނާ އަށް ތުހުމަތުކުރަމުންދާ ކޮރަޕްޝަން ތަކާހުރެ މި ވަގުތު ސްވިޒަލޭންޑުން ބޭރަށް ވަޑައިގެންފިނަމަ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށްޓަކަ އެވެ.

އަންހެނުންގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދީ އިނގިރޭސީންނެވެ.