ބޮލީވުޑް

އަނުޝްކާ ޝަރްމާގެ ވެބް ސީރީޒް އެއް

ޝާހްރުކް ޚާން އާއެކު "ރަބްނޭ ބަނާޑީ ޖޯޑީ" އިން ބޮލީވުޑްއަށް ނިކުތް އަނުޝްކާ ޝަރްމާއަކީ ބޮލީވުޑްގެ އޭ ލިސްޓު ބަތަލާއިންގެ ތެރެއިން އެކަކެވެ. އަނުޝްކާގެ ފިލްމުތައް ހުއްޓުމެއް ނެތި ބެލުންތެރިންނަށް ދައްކަމުން ގޮސް މިހާރު އަމިއްލަ ޕްރޮޑަކްޝަން މަސައްކަތްތައް ވެސް ކުރެ އެވެ. ޕްރޮޑަކްޝަން މަސައްކަތަށް އެންމެ ހަގު ކޮށް ނިކުތް އެކްޓަރުންގެ ތެރޭގައި އަނުޝްކާ ހިމެނެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި އަނުޝްކާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ވެބް ސީރީޒް އެއްް އުފެއްދުމަަށެވެ. އޭނާގެ ޕްރޮޑަކްޝަން ހައުސް "ކްލީން ސްޓޭޓް ފިލްމްސް" އިން ދެން އެންމެ އަވަހަށް ގެނެސްދޭނީ ލިޔުންތެރިޔާ އަދި އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ތަރުން ތޭޖްޕާލް ލިޔެފައިވާ " ދަ ސްޓޯރީ އޮފް މައި އެސާސިންސް" ކަމަށް ބުނެ އެވެ. މި ވާހަކަ އަކީ ނޫސްވެރިއަކަށް ކުރާ މަރުގެ ތުހުމަތު ތަކަކާ ގުޅިގެން ހިނގާ ހާދިސާތަކަކަށް ބިނާ ކޮށް ލިޔެފައިވާ މިސްޓްރީ ވާހަކަ އެކެވެ.

ތަރުންގެ މި ފޮތަށް އަމިއްލަ ސީރީޒް އެއް އުފައްދަން ނިންމި ހަބަރާ ގުޅިގެން އަނުޝްކާއަށް އަންނަނީ ފާޑު ކިޔުން އަމާޒުވަމުންނެވެ. ފޮތް ލިޔެފައިވާ ތަރުން އަކީ ރޭޕް ގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ. އޭނާއަށް ކުރި ތުހުމަތުތަކަށް އަދި ގޮތެއް ނިންމިފައި ނުވާއިރު އަނުޝްކާވެސް މި ރޭޕް ކޭސްގެ ތެރެއަށް ވަންނަނީ ކަމަށް ފާޑުކިޔުންތެރިން ސޯޝަލް މީޑިއާގައި ބުނެ އެވެ.

ފާޑުކިޔުންތަކަށް ފަހުވެސް އަނުޝްކާ ހުރީ މި ސީރީޒް ގެންނަން ކަމަށް ހަބަރުތަކުން ބުނެ އެވެ.

އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ޒީރޯ" އިންނެނެވެ. މި ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބު ނުވިޔަސް އަނުޝްކާގެ އެކްޓިންގް މޮޅު ކަމަށް ފިލްމު ރިވިއު ތަކުން ބުނެ އެވެ.