ހޮލީވުޑް

"މެލިފިޝެންޓް 2" މިއަހަރު ފަހުކޮޅު

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ފެނިގެންދާ ފިލްމު "މެލަފިޝެންޓް" ގެ ދެވަނަ ބައި ރިލީޒް ކުރަން ނިންމާފައިވާ ތާރީހަށްވުރެ އަވަސް ކޮށްލައިފި އެވެ.

އަންނަ އަހަރުގެ މެއި މަހުގެ 29 އަށް ރިލީޒް ކުރަން ތާވަލުކޮށްފައިވާ "މެލަފިޝަންޓް، މިސްޓްރެސް އޮފް އީވިލް" ސިނަމާތަކަށް ގެންނަން ނިންމާފައިވާ އާ ތާރީހަކީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހެވެ.

ފުރަތަމަ ރިލީޒް ކުރަން ނިންމާފައިވާ ތާރީހުގެ ހަތް މަސް ކުރިން ސިނަމާތަކަށް ގެންނަން މި ފިލްމު ނިންމި އިރު މިއީ އެންޖެލީނާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ތަފާތު އެެއް ފިލްމެވެ. ޑިޒްނީގެ "ސްލީޕިންގް ބިއުޓީ" ކާޓޫނުގައި އުޅޭ ނުބައި ފެއަރީގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ "ވިކެޑް ފެއަރީ ގޯޑް މަދާ"ގެ ގޮތުގައި ފެންނަ އެންޖެލީނާ އަށް ބެލުންތެރިންގެ ތަރުހީބު ލިބުނެވެ.

މެލެފިޝެންޓްގެ ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސް ދިނީ 2014 ގަ އެވެ. ރޮބަޓް ސްޓްރޮންބާގް ޑައިރެކްޓް ކުރި އެ ފިލްމި ބޮކްސް އޮފީހުގައި 758.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ފިލްމު ހަދަން 263 މިލިއަން ޑޮލަރު ހޭދަ ކުރި އިރު މިއީ ބޮކްސް އޮފީހުގައި ވިދާލި ފިލްމެކެވެ. އަދި މި ފިލްމުގެ ކާމިޔާބީ އަކީ މެލެފިޝެންޓްގެ ރޯލުން ފެނުނު އެންޖެލީނާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.