ބޮލީވުޑް

ސޯނަމްގެ "ޒޯޔާ ފެކްޓާ" ޖޫންއަށް

މިއަހަރު ސޯނަމް ފެނިގެންދާ ފިލްމުތަކުގެ ތެރެއިން އެންމެ އިންތިޒާރު ކުރެވޭ ފިލްމު "ޒޯޔާ ފެކްޓާ" ރިލީޒް ކުރާނެ ތާރީހު އިއުލާން ކޮށްފި އެވެ.

ސޯނަމް ކަޕޫރާއި އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ޒޯޔާ ފެކްޓާ" އަންނަ ޖޫން މަހުގެ 14 ގައި ސިނަމާތަކަށް ގެންނާނެ އެވެ.

ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ އަލަތު ވާހަކައިގެ ގޮތުގައި 2008 ގައި ނެރުނު "ޒޯޔާ ފެކްޓާ" ނެރޭނެ ދުވަސް އިއުލާން ކުރުމުގެ ގޮތުން ފިލްމުގެ ޕްރޮޑިއުސަރުން، ފޮކްސް ސްޓާސްޓޫޑިއޯސް އިން ޓްވީޓްކޮށް ފިލްމަށް ތައްޔާރު ވުމަށް ބުންޏެވެ.
މި ފިލްމަކީ އެޑްޓަވައިޒިން އެޖެންސީއެއްގައި މަސައްކަތް ކުރާ ޒުވާން އަންހެނަކާ އިންޑިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ ގުޅިފައިވާ ގޮތް ކިޔައިދޭ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

"ޒޯޔާ ފެކްޓާ" ސޯނަމް އަށް ހާއްސަ ފިލްމަކަށް ވަނީ މި ފިލްމުގައި ސޯނަމްގެ ބައްޕަގެ ރޯލުން އޭނާގެ ބޮޑުބޭބެ ސަންޖޭ ކަޕޫރް ވެސް ފެނިގެން ދާނެތީ އެވެ. މި ފިލްމުގެ ޝޫޓިން މިދޔަ އަހަރު އޮގަސްޓުގައަި ފަށާ މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށްވެސް ހަބަރުތަކުން ބުނެ އެވެ. އަދި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކަމަށްވެސް ބުނެ އެވެ.

ސޯނަމް އެންމެ ފަހުން ފެނިފައި ވަނީ ބައްޕަ އަނިލް ކަޕޫރާ އެކު ކުޅުނު އަދި މިދިޔަ މަހު ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އިންނެވެ.