ހޮލީވުޑް

ޖެނިފާ ލޮޕޭޒް އެންގޭޖް ވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި އާއި އޭނާގެ ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒް އެންގޭޖް ވެއްޖެ އެވެ.

މި ހަބަރު ޔަގީންކޮށްދީ ދެމީހުންވެސް ވަަނީ އެމީހުންގެ އެންގޭޖްމެންޓް އަނގޮޓި އިންސްޓަގްރާމްގައި އާއްމުންނަށް ދައްކާލާފަ އެވެ. އަދި ކުރީގެ މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒް (އޭ ރޮޑް) ވަނީ އޭނާގެ ހުށަހެޅުމަށް ޖެނިފާ ލޮޕޭޒް (ޖޭލޯ) އާނއެކޭ ބުނެފައިވާ ކަމަށް އިންސްޓަގްރާމްގެ ޕޯސްޓެއްގައި ކަށަވަރު ކޮށްދީފަ އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ --

ޖޭލޯ،49 އާއި އެލެކްސް،43 ދިމާވީ 2005 ވަނަ އަހަރު ކުއީންސްގެ ޝޭ ސްޓޭޑިއަމް އިން ކަމަށް ހަަބަރުތަައް ބުނެ އެވެ. އަދި، ލޯބިވެރިންގެ ގޮތުގައި އެކުގައި މެޓް ގާލާ އިން ފެނުނީ 2017 ވަނަ އަހަރު އެވެ. އެކުގައި ގިނަ ދުވަސްތަަކެއް ވަންދެން އުޅުމަށްފަހު އެވެ. ދެމީހުންގެ އެންގޭޖްމަންޓް ކުރެވުނީ ޗުއްޓީ ހޭދަ ކުރުމަށް ދެމީހުން ގޮސް އުޅުނު ބަހާމަސް ގައި ކަމަށް ވެސް ބަައެއް ހަބަރުތަކުން ބުނެ އެވެ.
މިދެތަރިންވެސް މީގެ ކުރިން ވަނީ ކައިވެންޏެއްކޮށް ކޮންމެ މީހަކަށްވެސް ދެ ކުދިން ލިބިފަ އެވެ. ދެތަރިން އެންގޭޖްވި ކަމުގައި ވިިޔަސް ކައިވެނި ކުރާނެ ވަކި ތާރީހެއް އަދި ނުބުނެ އެވެ.