ބޮލީވުޑް

"ގަލީ ބޯއީ"ގެ ސީކުއެލް އެއް ނެރެނީ

ޑައިރެކްޓަރު ޒޯޔާ އަހްތަރު ގެނެސްދިން ފިލްމު "ގަލީ ބޯއީ"ގެ ކާމިޔާބަށްފަހު އެ ފިލްމުގެ ދެވަނަ ބައެއްވެސް ހަދަން ނިންމާފަައިވާ ކަމަށް ޑައިރެކްޓަރު ބުނެފި އެވެ.

މިދިޔަ މަހު 14 ވަނަ ދުވަހު ނެރެނު ފިލްމު "ގަލީ ބޯއީ"ގެ ދެވަނަ ބައިގެ މަސައްކަތް ފަށާފައިވާކަން ފިލްމުގެ ޑައިރެކްޓަރު ކަށަވަރު ކޮށްދިން ކަމުގައި ވިޔަސް މި ފިލްމުގައި ފެންނާނީ ފުރަތަމަ ފިލްމުގެ ތަރިން ކަމެއް ނުބުނެ އެވެ.

ފިލްމުގެ ފުރަތަމަ ބައިން ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓް ފެނުނެވެ. އަދި ބޮކްސް އޮފީހުގަައި މި ފިލްމު ކާމިޔާބު ވި އިރުު ފިލްމުގެ ލީޑުން ފެނުނު ދެ ތަރިންގެ ހުނަރަށް ވަނީ އެތައް ބަައެއްގެ ތައުރީފް ލިބިފަ އެވެ. ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް 19.40 ކްރޯޑު ރުޕީސް ލިބިފައިވެ އެވެ.

"ގަލީ ބޯއީ"ގއި ރަންވީރު ފެނިގެންދަނީ ރެޕް ކުރަން ފޯރި ހުންނަ މީހެއްގެ ރޯލުންނެވެ. އަދި ފިލްމުގައި އާލިއާ އަކީ ރަންވީރުގެ ލޯބިވެރިޔާ އެވެ. ރަންވީރާއި އާލިއާގެ އިތުރުން ފިލްމުގައި ކަލްކީ ކޯޗްލިން ވެސް މުހިންމު ރޯލަކުން ފެނިގެންދިޔަ އެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ކަލަންކް" އިންނެވެ. އަދި ރަންވީރުގެ "ތަނާޖީ"ފިލްމުވެސް ވަނީ މިއަހަރަށް ތާވަލު ކޮށްފަ އެވެ.