ދުނިޔެ

ސްލޮވީނިއާ މީހަކު އިންޝޫރަންސް ފައިސާ ހޯދަން އަތް ބުރިކޮށްލައިފި

Mar 12, 2019
1

ލުބްލާނާ (މާޗް 12) - އޮޅުވާލައިގެން އިންޝޫރަންސް ފައިސާ ހޯދުމުގެ ބޭނުމުގައި، ސްލޮވީނިއާގެ އަންހެނަކު އޭނާގެ އާއިލާގެ އެހީތެރިކަމާއެކު އަމިއްލަ އަތް ބުރިކޮށްލިކަމުގެ ތުހުމަތު އެގައުމުގެ ފުލުހުން ކޮށްފި އެވެ.

ކަރަންޓް ކީހެއް ބޭނުންކޮށްގެން އަމިއްލަ އަތް ބުރިކޮށްލިމުގެ ތުހުމަތުގައި 21 އަހަރުގެ އެ އަންހެންމިހާގެ އިތުރުން އޭނާގެ އައިލާގެ މެމްބަރެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ އަމަލު ހިންގުމުގެ ކުރިން 450،000 އެމެރިކާގެ ޑޮލަރުގެ އިންޝޫރަންސް ޕޮލިސީއެއް އެ އަންހެން މިހާ ނަގާފައިވާކަމަށްވެ އެވެ. އެ ޕޮލިސީގެ ދަށުން، އޭނާއަށް ކޮންމެ މަހަކު 3،000 ޔޫރޯ ވެސް ލިބޭނެ އެވެ.

އެ ހާދިސާއާ ގުޅިގެން އެ އަންހެންމިހާއާއެކު އާއިލާގެ ހަތަރު މީހަކު ހައްޔަރުކުރި ނަމަވެސް، އޭގެ ތެރެއިން ދެ މީހުން ވަނީ ފަހުން ދޫކޮށްލައިފަ އެވެ.

ފުލުހުން ބުނީ، އިންޝޫރަންސް ފައިސާ ހޯދުމުގެ ބޭނުމުގައި، އާއިލާގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަނީ، ކުޑަހުޅުން ފެށިގެން އަތް ބުރިކޮށްލައިފަ އެވެ. އަދި ލަކުޑިތަކެއް ބުރިކުރަން އުޅެނިކޮށް ހިނގި ހާދިސާއެއް ކަމަށް ބުނެ އާއިލާއިން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ. ފުލުހުން އިތުރަށް ތުހުމަތުކުރާ ގޮތުގައި، ދާއިމީ ނުކުޅެދުންތެރިކަމެއް ކަށަވަރުކަމުގެ ނިޔަތުގައި، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، ބުރިވި އަތް ގަސްދުގައި ގެންގޮސްފައިނުވާ ކަމަށެވެ.

ނަމަވެސް، ހޮސްޕިޓަލު އޮފިޝަލުން ވަނީ އެ އަތްތިލަ ހޮސްޕިޓަލަށް ގެންގޮސް، އަލުން ފަހައި ގުޅުވާފައި ކަމަށް ރިިޕޯޓުތައް ބުނެ އެވެ.