ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ މުއައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް އަންމު ކޮމިޓީ އިން ފާސްކޮށްފި އެވެ.
ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް އެގޮތަށް ނިންމަވާ އެކަން އިއުލާން ކުރި ފަހުން ގިނަ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި އެހެން އިދާރާތައަް ވެސް އަންނަނީ އެގޮތަށް ގަވައިދު ބަދަލު ކުރަމުންނެވެ.
އެގޮތުން ރައްޔިތުން މަޖިލީހުގެ އާންމު ކޮމިޓީގައި ވެސް މިއަދު ވަނީ އެކަން ހުށަހެޅި މައްސަލަ ކުރިޔަށް ގެންގޮސްފަ އެވެ. އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭގޮތަށް ޕާލަމެންޓަރީ ސަވިސްގެ ގަވާއިދު އިސްލާހުކުރެއްވުމަށް ވަނީ ފާސްކޮށްފަ އެވެ.