ބޮލީވުޑް

ސައިނާގެ ބަޔޯޕިކް ޕަރިނީތީއަށް

ސައިނާ ނަވާލްގެ ބައޯޕިކުގެ ލީޑްރޯލުން ޝްރައްދާ ކަޕުރު ފެންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެންމެފަހުގެ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައިި މި ބަޔޯޕިކް އިން ދެން ފެންނާނީ ޝްރައްދާ ކަޕޫރުގެ ބަދަލުގައި ޕަރިނީތީ ޗޯޕްރާ އެވެ.

އިންޑިއާގެ މަޝްހޫރު ބެޑުމެންޓަން ކުޅުންތެރިޔާ ގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމުގެ ތައްޔާރީތައް ޝްރައްދާ ފެށީ މިއަހަރު ތެރޭ އެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބެޑްމިންޓަން މެޗަކަށް ގޮސް ސައިނާ އާއެކު ޝްރައްދާ ޕްރެކްޓިސް ވެސް ކޮށްފައިި ވެ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުމަށް ގާތް ވެފައި ވަނިކޮށް، ސިއްހީ ހާލަތުގެ ސަބަބުން ޝްރައްދާ ޖެހުނީ ފިލްމު ދޫކޮށްލަން ކަމަށް ހަބަރުތައް ބުނެ އެެވެ. ފިލްމު ޕްރޮޑިއުސަރުންނާއި ޝްރައްދާ އާއި އެއްބަސް ވުމަކަށް އައިސް ފިލްމު ދޫކޮށްލީ އިތުރު ފިލްމުތަކެއް ވެސް ހުރުމުންނާއެކީ އެވެ. ޝްރައްދާ މިހާރު އަންނަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި " ޗިޗޯރް" "ސްޓްރީޓް ޑާންސާ3" "ޝާހޯ" " ބާޢީ3" ހިމެނެ އެވެ.

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ބަޔޯޕިކް އިން ޝްރައްދާ ދޫކޮށްލުމުން މިހާރު އެފިލްމު ދީފައިވަނީ ބަތަލާ ޕަރިނީތީއަށެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރު އެވެ. އަދި މިއަހަރު ތެރޭ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާ އަންނަ އަހަރުގައި ފިލްމު ރިލީޒްކުރުމަށް މަސައްކަތް ކުރާކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެފައިވެ އެވެ.

ޕަރިނީތީގެ ތިން ފިލްމެއް މި އަހަރު ރިލީޒް ކުރަން ހުރީ ތާވަލު ކޮށްފަ އެެވެ.