ހަބަރު

ގެއެއްގެ ވައިގޮޅިން އަންހެނަކު ވެއްޓި ޒަހަމްވެއްޖެ

މައްޗަންގޯޅި ގެއެއްގެ ވައި ގޮޅިން މިރޭ އަންހެނަކު ވެއްޓި އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ މީގެ އިރުކޮޅެއް ކުރިން ހިނގި އެ ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާ ފުލުހުންގެ އެހީތެރިކަމާ އެކު ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ އަންހެން މީހާގެ އެއްވެސް މައުލޫމާތެއް އަދި އޭނާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާތަކެއް ކަމެއް ސާފެއް ނުވެއެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މއ. ފޯޗުންގޭގެ ވައި ގޮޅިން ވެއްޓުނީ ފާތުމަތު ރޯމާ 27، އެވެ. އެ ގޭގެ ތިން ވަނަ ފްލޯއިން ރޯމާ ވެއްޓުނީ އެ ގޭގެ ފުރަތަމަ ފްލޯއަށެވެ. އަދި ވައި ގޮޅީގެ ތެރޭގައި ހަރުލާފައި އޮތުމަށްފަހު ވެއްޓުނު ފަހުން އޭނާ ނަގާފައި ވަނީ އެމްއެންޑީއެފްގެ ފަޔާލޮރީގެ އެހީގަ އެވެ.

ބައެއް އަވަށްޓެރިން ބުނި ގޮތުގައި މީހަކު ވެއްޓުނު ގޭތެރޭގައި މިއަދު ހަވީރުން ފެށިގެން ހަމަނުޖެހުންތަކެއް ހިނގި އެވެ. އަދި ގޭދޮށުގައި ވެސް ތަޅާފޮޅުމެއް ހިނގި ކަމަށްވެ އެވެ.