ބޭރު ކުޅިވަރު

ބްރެޒިލް ދުނިޔޭގެ ޗެމްޕިއަނުންނަށް ހަދައިދޭން ގާޑިއޯލާ ބޭނުންވި: އަލްވެޒް

Jul 8, 2015

ހުސްވި އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެ ގައުމަށް ކޯޗުކޮށްދީ ހަ ވަނަ ފަހަރަށް ދުނިޔޭގެ ތަށި ބްރެޒިލަށް ހޯދައިދޭން ބާސެލޯނާގެ ކުރީގެ ޕެޕް ގާޑިއޯލާ ބޭނުންވި ކަމަށް އެ ޓީމަށް ކުޅޭ ބްރެޒިލްގެ ކަނާތު ބެކް ޑެނީ އަލްވެޒް ބުނެފި އެވެ.

ނަމަވެސް އޭނާ ބުނީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގައި މިހާރު ހުރި ގާޑިއޯލާ ކޯޗަކަށް ގެންނަން ބްރެޒިލްގެ ފެޑަރޭޝަނުން ބޭނުންނުވީ ކަމަށެވެ.

"ޕެގް (ގާޑިއޯލާ) ބުނި އޭނާ ބޭނުންވެއޭ ބްރެޒިލް ދުނިޔޭގެ ޗެމްޕިއަނުންނަށް ހަދައިދޭން. އޭނާ އެކަމަށް ރޭވުންތަކެއް ވެސް ރޭވި،" މިހާރު 32 އަހަރުގެ އަލްވެޒް ބުންޏެވެ.

ބާސެލޯނާގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުނު އަލްވެޒް އަދި ބުނީ ބްރެޒިލް ޓީމުން ގާޑިއޯލާ އަށް ފުރުސަތު ނުލިބުނީ ބްރެޒިލް މީހުން ގައުމުން ބޭރުގެ ކޯޗަކު ގަބޫލުކުރާނެ ކަމުގެ ޔަގީންކަން ނެތުނީމަ،" ކަމަށެވެ.

އެކަމަކު ގާޑިއޯލާ އަކީ ބާސެލޯނާ ދުށް އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރު ތެރޭގައި 14 ތަށި ހޯދައިފަ އެވެ. މީގެ ތެރޭގައިރު އޭނާ ހޯދި ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ.

2012 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލި ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް އަލްވެޒް ގަބޫލު ކުރެ އެވެ.

"އޭނާ ދުނިޔޭގެ ފުޓްބޯޅަ ބަދަލުކޮށްލި، އޭނާ ޓީމު ވެސް ބަދަލުކުރި. އޭނާ ބްރެޒިލްގެ ކޯޗެއްގެ ގޮތުގައި ދެއްކުމުގެ ފުރުސަތު އަހަރުމެންނަށް ލިބުނު. މިކަހަލަ ފުރުސަތުތައް ނަގާލާނަމަ އެއީ ގައުމީ ޓީމާ މެދު ނުވިސްނުން،" އަލްވެޒް ބުންޏެވެ.

މިއަދަކީ ހުސްވި އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގައި ޖަރުމަނު އަތުން 7-1ގެ ބޮޑު ތަފާތުން ބްރެޒިލް ބަލިވި މެޗަށް އެއްއަހަރު ފުރޭ ދުވަހެވެ.