ހަބަރު

ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމައިފި

Dec 30, 2014

"ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން" ގެ ގޮތު އަންނަ ބުދަ ދުވަހުގެ ރޭ މާލޭގައި ބާއްވާ ހާއްސަ މިއުޒިކް ޝޯގައި ބައިވެރިވާން މަޝްހޫރު ލަވަ ކިޔުންތެރިޔާ، ޝޯން ޕޯލް ރާއްޖެ ނައުމަށް ނިންމައި ރަސްމީކޮށް އެކަން އިއުލާންކޮށްފި އެވެ.

ޝޯން ޕޯލް ރާއްޖެއަށް ކުރަން އޮތް ދަތުރު ކެންސަލް ކުރިކަން އޭނާ އިއުލާން ކުރީ އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިރޭގަ އެވެ.

އޭނާ ބުނެފައި ވަނީ އޭނާގެ އެ ނިންމުމަކީ ހިތްދަތި ނިންމުމެއް ކަމަށާއި އެގޮތަށް ދަތުރު ކެންސަލް ކުރީ އޭނާގެ ދަތުރުގެ ކްރޫ މެމްބަރުންނާއި ޝޯ ބަލަންދާނެ މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

ސައިބާ އިންޒާރުތަކަކީ ކަންބޮޑުވާންޖެހޭ އަދި އޭގެ ސަބުން ބޮޑުތި ކަންކަމާ ކުރިމަތިވެދާނެ ކަމެއް ކަމަށް އިޝާރާކޮށް ބުނެފައި ވަނީ ރާއްޖޭގައި ތިބި އޭނާގެ ސަޕޯޓަރުންނަށާއި ދިވެހި ސަރުކާރަށް ވެސް ޝުކުރުއަދާ ކުރާ ކަމަށެވެ.  

ޝޯން ޕޯލްގެ ދަތުރު ކުއްލި ގޮތަކަށް ކެންސަލް ކުރި ބަޔަކު ވަނީ އޭނާ ރާއްޖެ އަތުވެއްޖެ ނަމަ މަރާލާނެ ކަމުގެ އިންޒާރު ދީ ވީޑީއޯއެއް އާންމުކޮށްފަ އެވެ. އަދި އެ ވީޑިއޯއާ ގުޅިގެން ފުލުހުން ވަނީ ގެއެއް ބަލައި ފާސްކޮށްފަ އެވެ. 

ޝޯއަށް ނާންނާނެ ކަން އޭނާ އިއުލާން ކުރި އިރު ޝޯއަށްޓަކައި ގަލޮޅު ދަނޑު މިހާރު ވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފަ އެވެ.