އެޗްއާރްސީއެމް

އެޗްއާރްސީއެމް އިން މިނިވަން ކެންޑިޑޭޓުންނާ ބައްދަލުކުރަނީ

ހިޔުމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަންނަށް މަޖިލިސް އިންތިހާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރާ ކެންޑިޑޭޓުންނާ ބައްދަލުކުރަން ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިނިވަން ކެންޑިޑޭޓުންނާ ބައްދަލުކުރަން އެކޮމިޝަނުން ނިންމީ، ގާނޫނުގަައިވާ ބަޔާން ކޮށްފައިވާ ފަދައިން، ވޯޓު ދިނުމުގެ ހައްގު ރައްޔިތުންނަށް ފުރިހަމަ ލިބފައިވޭތޯ ބެލުމަށާއި، ވޯޓޫ ދޭ ފަރާތަށް އެއްވެސް ނުފޫޒެއް ނެތި ވޯޓި ދެވިދާނެތޯ ބެލުމުގެ އިތުރުން މަޖިިލިސް އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ގޮތުން ކެންޑިޑޭޓުންނާ މަޝްވަރާކުރުމަށް ކަމަށެވެ.

އަންނަށް މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ދާއިރާއަކަށް 398 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ވަނީ ބުނެފަ އެވެ. މީގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 167 ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.

މިފަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ. އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށްވެސް އެޗްއާރްސީއެމް އިން ވަނީ ނިންމާފަ އެވެ.

އެއިއުލާނުގައި އިތުރަށް ވަނީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން އެޗްއާރްސީއެމް އާއެކު ބައްދަލު ކުރާނެ ފަރާތުގެ ނަން ނޯޓް ކުރެއްވުމުގެ މަސައްކަތް އެކޮމިޝަންގެ އޮފީސް ނަންބަރަަށް ގުޅައިގެން ކުރިއަށް ގެންދިޔމަށް އެދިފަ އެވެ. އެޗްއާރްސީއެމް އިން ބުނީ ކެންޑިޑޭޓުންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ތަނާއި ވަގުތު ފަހުން އާއްމު ކުރާނެ ކަމަށެވެ.