އެޗްއާރްސީއެމް

ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރްސީއެމް އިލްތިމާސްކޮށްފި

މަޖިލިސް އިންތިހާބުގައި ލިބުނު ނަތީޖާއަށް އިހްތިރާމް ކުރުމަށާއި ގައުމުގެ ސަުލްހަ މަސަލަސްކަން ގެއްލިދާނެ ގޮތަކަށް އެެއްވެސް އަމަލެއް ނުކުރަން ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެޗްއާރްސީއެމް އިން ރޭ ނެރުނު ބާޔާނެއްގައި ބުނީ، އިއްޔެ ބޭއްވި މަޖިލިސް އިންތިހާބަކީ ގާނޫނޫ އަސާސީ އާއި އިންތިހާބާއިބެހޭ ގާނޫނާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބަޔާން ކޮށްފައިވާ ފަދައިން މިނިވަން އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކުރުމަށްޓަކައި އެކޮމިޝަނުން ވޯޓު ލިޔުން ކުރިއަށް ގެންދިޔަ 20 ސަރަހަދެއްގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި ބުނީ ވޯޓު ލުން ކުރިއަށް ދިޔުމުގެ ތެރޭގައި އެކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކާއި، އެކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތަށް އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅައިގެން ހައްލުކޮށްފައިވާ ކަމަށެވެ.

އިންތިހާބާއި ބެހޭގޮތުން އެޗްއާރްސީއެމް އިން އިތުރަށް ބުނީ، އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަމާންކަމާއި އެކުގައި ކަމަށެވެ.