ހަބަރު

ބޭނުންކުރެވޭ ރިޒާވް ފުރަތަމަ ފަހަރަށް 300 މިލިއަން ޑޮލަރުން މައްޗަށް

Mar 22, 2019
5

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ފުރަތަމަ ފަހަރަށް 300 މިލިއަން ޑޮލަރަށް ވުރެ މައްޗަށް ޖެހިލައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މިދިޔަ މަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި 317.9 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ 2013 ވަނަ އަހަރު ހުރި 110.7 ޑޮލަރާ އަޅާ ބަލާއިރު ބޮޑު އިތުރު ވުމެކެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މަންތުލީ އިކޮނޮމިކް އިންޑިކޭޓާސް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 756.3 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ 2013 ވަނަ އަހަރު ހުރި 368.3 ޑޮލަރާ އަޅާ ބަލާއިރު ބޮޑު އިތުރު ވުމެކެެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ވެރިކަމުގެ ދައުރު ނިމޭއިރު ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.