ދޮޅިޔަދޫ ރިސޯޓް

ލޯނު ނުދައްކައިގެން ދޮޅިޔަދޫ ވިއްކާލަނީ

Mar 26, 2019
2

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކިގެން ށ. އަތޮޅުގައި އޮންނަ ދޮޅިޔަދޫ ރިސޯޓް ވިއްކާލަން އިއުލާނު ކޮށްފި އެވެ.

އެސްބީއައި އިން ވިއްކާލަން އިއުލާނު ކޮށްފައިވާ މި ރަށަކީ މަޝްހޫރު ތްރީއޭ ކުންފުނިން ހިންގާ ދޮޅިޔަދޫ ރިސޯޓެވެ. މި ރިސޯޓަށް އަގު ހުށަހަޅަން ޖެހެނީ މި މަހުގެ 21 ން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

ސ. މަރަދޫ ފޭދޫ އަލަނާސިމާގެ މުހައްމަދު ލަތީފްގެ ނަމުގައިވާ ދޮޅިޔަދޫ ވިއްކާލަން އިއުލާނު ކުރީ އެސްބީއައިގެ އިތުރުން ބޭންކް އޮފް ސިލޯން އާއި ބޭންކް އޮފް މޯލްޑިވްސް އިން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނު ނުދައްކައިގެންނެވެ. ދޮޅިކަދޫގައި ހިންގާ 100 އެނދުގެ މި ރިސޯޓުގެ ނީލަން ފެށެނީ 659.9 މިލިއަން ރުފިޔާ އިންނެވެ.

ދޮޅިއަދޫ ވިއްކާލަން އިއުލާން ކުރި އިރު ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެސްބީއައި އިން ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ.