އެޗްޕީއޭ

ޑެންގީއާ ޗިކުންގުންޔާއާ ދެކޮޅަށް ކެމްޕޭނެއް ފަށައިފި

ޑެންގީ އާއި ޗިކަންގުންޔާ ފެތުރޭތީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް: މަދިރިއާ ދެކޮޅަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ހިންގާނެ -- ފޮޓޯ އަހްމަދު އަޔާދު | އަވަސް
0%
0%
0%

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ އާއި ޑެންގީ ހުމަށް، އާންމުން ހޭލުންތެރި ކުރުވަން އެއް މަސް ދުވަހުގެ ކެމްޕޭނެއް މުޅި ރާއްޖޭގައި ފަށައިފި އެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ، ޑެންގީ ހުމާއި ޗިކުންގުންޔާ ފަތުރާ މަދިރި އުޅެނީ މީހުން ދިރިއުޅޭ ސަރަހައްދު ތަކާ ކައިރީގައި ކަމަށް ވުމުން، ބަލި ފަތުރާ މަދިރި އެންމެ ފަސޭހައިން ނައްތާލެވޭނީ ގޯތި ތެެރޭގަ އާއި އާންމު ތަންތަނުގައި މަދިރު އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލައިގެން ކަމަށެވެ.

"އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ މިބަލިތައް ފަތުރާ މަދިރިއަކީ އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެނާއެކު ދިރިއުޅޭ އެއްޗެއް" ޒުހައިރު ވިދާޅުވި އެވެ.

އެއްމަސް ދުވަހަށް ކުރިއަށްދާ މި ކެމްޕޭނުގައި މި މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު 10 ހަރަކާތެއް ކުރިޔަށް ގެންދާނެ އެވެ. މި ކެމްޕޭން ކުރިޔަށް ގެންދަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ.

އެގޮތުން މުއާސަލާތީ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް ޑެންގީ އާއި ޗިކުންގުންޔާއާބެހޭ މެސެޖްތައް ފޮނުވުމުގެ އިތުރުން ޑަބްލިޔުއެޗްއޯގެ ކޮންސަލްޓަޓުންނާ ގުޅިގެން ޑެންގީ ހައިލެވެލް އެޑްވޮކަސީ ފޯރަމެއް ބާއްވާނެ އެވެ. އަދި މުޅި ރާއްޖޭގެ ސާފު ކުރުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންދާނެ އެވެ.

މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތަކުގެ ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޗިކުންގުންޔާގެ 421 ކޭސް ރިޕޯޓް ކުރި އެވެ. މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1303 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910