ހަބަރު

ޝަހީމްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި

Dec 30, 2014

އިސްލާމިކް މިނިސްޓަރު  މުހައްމަދު ޝަހީމްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ. މެސެޖެއް މެދުވެރިކޮށް އެމަނިކުފާނު ވަނީ އެކަން ކަށަވަފުކޮށްދެއްވާފަ އެވެ. 

މިނިސްޓަރު އެކަން ކަށަވަރުކޮށްދެއްވާ މީޑިއާއާ މެސެޖެއް ހިއްސާ ކުރެއްވި އިރު ޝޯން ޕޯލްގެ ޝޯއާ ދެކޮޅު ކަމަށް އެ އެކައުންޓުން ރޭ ވަނީ ޓްވީޓެއް ވެސް ވަނީ ކުރައްވާފަ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ އެއީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމަށެވެ.

"ރޭ ދަންވަރުގެ ވަގުތެއްގައި ޝޯން ޕޯލް ވެސް ވަނީ ރާއްޖެ ނައުމަށް ނިންމައި ދަތުރު ކެންސަލް ކޮށްފައެވެ،" ޝަހީމްގެ އެކައުންޓުން ކުރި ޓްވީޓްގައި ވަނީ މިހެންނެވެ.

ޝަހީމްގެ އެކައުންޓުން ރޭ ކޮށްފައިވާ ޓްވީޓްގައި ބުނަނީ "ޝޯން ޕޯލްގެ އާ އަހަރު ފާހަގަ ކުރާ ޝޯއަށް އަޅުގަނޑާއި އަދި އަޅުގަނޑުގެ އަހުން ދެކޮޅުކަން ހުރިހާ ދިވެހިން އަހުންނަށް އަންގާ" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ޓްވިޓާ އެކައުންޓް ހެކްކޮށްފައި ވަނީ ރޭގެ 11:00 ގެ ފަހުން ކަމަށާއި އޭގެ ފަހުން ކޮށްފައިވާ އެއްވެސް ޓްވިޓަކީ އެމަނިކުފާނުގެ ކުރައްވާފައިވާ ޓްވީޓްތަކަކަށް ނުވާއިރު އެމަނިކުފާނަށް އެ ކައުންޓަށް މިހާރު ނުވަދެވޭ ކަމަށެވެ.

"އެހެންވެ އެންމެހާ އެކުވެރިންނާއި މީޑިއާގެ މައުލޫމާތަށްޓަކައި ދަންނަވަން،" މިނިސްޓަރުގެ މެސެޖްގައި ވެއެވެ.

އާ އަހަރާ ދިމާކޮށް ބޭރުން މީހުން ގެނެސްގެން ޝޯ ބޭއްވުން ބަލައި ނުގަންނަ ކަމަށް މިދިއަ ހުކުރު ދުވަހު ޝަހީމް ވަނީ ވިދާޅުވެފައެވެ