ހަބަރު

ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފި

ގއ. ވިލިނގިލީގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، ވިލިނގިލިން ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި، އޭނާ ހައްޔަރު ކުރީ ހެނދުނު 10 ޖަހާކަންހާއިރު އިރު ކަމަށް ފުލުހުން ބުންޏެވެ.

ވޯޓް ލުމަށްފަހު، ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ވޯޓު ކަަރުދާސްކޮޅު އާއްމުންނަށް ދެއްކުމަކީ ގާނޫނީ ކުށެކެވެ. އަދި އެ ފަދަ ކަންކަން ނުކުރުމަށް އިންތިހާބުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެކުރީގެ އިންތިހާބުތަކުގައިވެސް ވޯޓް ކަރުދާސްކޮޅު ފޮޓޯ ނައިގައިގެންނާއި، ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށްފަހު ދެއްކުމުގެ
މައްސަލަތަކުގައި މީހުން ހައްޔަރު ކޮށްފައިވެ އެވެ. އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު 8:00 އިން މިއަދު ހަވީރު 4:00 އަށް ކުރިއަށްދާނެ އެވެ.