ހަބަރު

ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި ރޯވެއްޖެ، ފުލުހުންތަކަށް ފަރުވާ ދެނީ

Apr 12, 2019
1

ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ތިން ފުލުހަކަށް ފަރުވާ ދޭން ޖެހިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މިރޭ 11:35 ހާއިރު އަލިފާން ރޯވީ އެ ޕޮލިސް ސްޓޭޝަންގައި ހުރި ޑީ ބޯޑެއްގަ އެވެ. އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލި އެވެ.

އެކަމަކު ދުމުގެ އަސަރު ތިން ފުލުހަކަށް ކުރި އެވެ. އެ ތިން ފުލުހުންނަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.