ލައިފްސްޓައިލް

ދީޕިކާ ބަނޑުބޮޑު ވާހަކަ ދޮގު ކޮށްފި

ބޮލީވުޑްގެ އެންމެ ނަން ވިދާ ބަތަލާ ކަމަށްވާ ދީޕިކާ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ރަންވީރު ސިންގް އާ ކައިވެނި ކުރީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ. އިޓަލީގައި ބޭއްވި ރަސްމީ ކައިވެނި ރަސްމިއްޔާތުތަކަށްފަހު، އެ ޖޯޑު ވަނީ އެކި ފަހަރު މަތިން އިންޑިއާގައިވެސް ޕާޓީ ބާއްވާފަ އެވެ. މިދިޔަ އަހަރު ކައިވެނި ކުރި ދީޕިކާ މިހާރު އިނީ ބަލިވެ ކަމަށާއި ވަރަށް އަވަހަށް ދަރިއަކު ލިބޭނެ ކަމަށް މިފަހުން ވަނީ ހަބަރުތަކުން ބުނަން ފަށާފަ އެވެ.

ދީޕިކާ ބަލިވެ އިން ކަމަށް އެކި ފަރާތްތަކުން ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކޮށްފަ އެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސް "ބޮލީވުޑް ހަންގާމާ" އިން ބުނެފައިވާ ގޮތުގައި، އެ ވަގުތު ޖެހުނީމާ އެކަން ވާނެ ކަމަށެވެ. އަދި ކައިވެނި ކުރާ ކޮންމެ ބަޔަކަށްވެސް މި ގޮތަށް ތުހުމަތު ކުރާ ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

އިތުރަށް ބުނެފައިވަނީ، ކައިވެނި ކުރާ އިރަށް ބަނޑުބޮޑު ކަމަށް ބުނާ ދުވަސްވެސް އަދި ދާނެ ކަމަށާއި އެހެން ނާހާ ދުވަހަކީ ބަދަލުތައް އަންނަ ދުވަސް ކަމަށެވެ. ކައިވެންޏެއް ކޮށްގެން އުޅޭ ދެމީހަކުވެސް ދަރއަކު ހޯދުމާ ދޭތެރޭ ވިސްނާނެ ކަމަށާއި އެކަމަކު އެކަމަކީ ބަޔަކު ބޭނުން ވެގެން ކުރާ ކަމެއް ނޫން ކަމަށް ދީޕިކާ ބުންޏެވެ. އަދި ދަރިއެއް ހޯދުމަކީ ޕްރެޝަރު ކޮށްގެން ކުރާ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ދީޕިކާ މި ވަގުތު އަންނަނީ މެގްނާ ގުލްޒާރުގެ "ޗަޕާކް" ގެ މަސައްކަތް ކުރަމުންނެވެ. އެސިޑްގެ ޝިކާރަ އަކަށް ވީ އަންހެން ކުއްޖެއްގެ ދިރިއުޅުން ކިޔައިދޭ މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ.