ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ނޭޕާލްގެ ލުކްލާ އެއާޕޯޓް ގައި މަތިންދާ ބޯޓެއް ވެއްޓި ތިން މީހުން މަރުވެއްޖެ އެވެ.
މަތިންދާ ބޯޓު ވެއްޓުނީ ރަންވޭއިން ނައްޓާލަން އުޅުމުގެ ތެރޭގައި ޕާކުކޮށްފައި އޮތް ހެލިކަޕްޓަރެއްގައި ޖެހުމުގެ ސަބަބުން ނެވެ.
މަރުވެފައިވަނީ މަތިންދާ ބޯޓު ދުއްވަން އިން ޕައިލެޓާއި ހެލިކަޕްޓަރު ކައިރީގަ މަޑުކޮށްގެން ތިބި ދެ ޕޮލިސް އޮފިސަރުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ، ސަމިޓް އެއާ އިން އޮޕަރޭޓްކުރި ޓްވިން އޮޓާ މަތިންދާ ބޯޓުގައި އެ ވަގުތު އެއްވެސް ޕެސެންޖަރެއް ނެތެވެ.
"އެއާޕޯޓާއި ދިމާލުން ކޮންމެސް އެއްޗެއް ގޮވި އަޑު އިވިގެން އެދިމާލަށް ދިޔައިރު މުޅި ހިސާބުގައި އޮތީ ހުސް ދުން"، ހާދިސާ ހިނގި ވަގުތު އެހިސާބުގައި ހުރި މީހަކު ބީބީސީ އަށް ކިޔާދިނެވެ.
ވަށައިގެން ފަރުބަދަތަޢް ހެދިފައިވާ ލުކްލާ ގެ ތެންޒިންގް ހިލަރީ އެއާޕޯޓުގެ ރަންވޭ ކުުރުވުމުގެ ސަބަބުން އެ އެއާޕޯޓަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓުތަކުގެ ތެރޭގައި ހިމަނާފަފައިވާާ އެއާޕޯޓެކެވެ. އަދި އީޔޫއިން ނޭޕާލްގެ ހުރިހާ މަތިންދާ ބޯޓެއް ޔޫރަޕުގެ ވައިގެއް ސަރަހައްދުގައި ދުއްވުން ވަނީ މަނާކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ވެއްޓުނު ހެލިކަޕްޓަރެއްގައި މަރުވި 7 މީހުންގެ ތެރޭގައި އެ ގައުމުގެ ޓުއަރިޒަމް މިނިސްޓަރުވެސް ވަނީ މަރުވެފަ އެވެ.