ފަޒްނާ އަހުމަދު

ޓީއެފްޖީ ލޯންގް ރަންގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި

Apr 19, 2019

މިއަދު ހެނދުނު އޮތް "ޓީއެފްޖީ. ލޯންގް ރަން 2019" ދުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންފި އެވެ.

އެކަމަނާގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިން ވެސް މި ދުވުމުގެ ހަރަކާތުގައި ބައިވެރިވި އެވެ. މި ހަރަކާތަކީ ޓީއެފްޖީގެ ފަރާތުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ބޭއްވި ދުވުމުގެ ބޮޑު ހަރަކާތެކެވެ.