ހަބަރު

އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

Apr 20, 2019
1

މާލޭ ރިންގް ރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 11:15 ގައި އެމްޑީޕީގެ ހަރުގެ ކުރިމަތީންނެވެ. އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ވެސް ވަނީ ފުލުހުންގެ ވެހިކަލްގައި އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އެ މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާއިރު އެކްސިޑެންޓު ހިނގީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މިވަގުތު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.