މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިއެކްސިޑެންޓް ހިނގީ ހުޅުމާލޭގެ މިދިލި މަގުގައި ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިތަކުގައި ޖެހިގެންނެވެ.

އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު އެވެ.

މިއެކްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަރަށް އެކިވަރުގެ އަނިޔާ ލިބިފައިވަތީ އޭނާއަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލް ގައެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.