ބޭރު ކުޅިވަރު

ޑިސްކޮލިފައި ކުރުމުން ނިއުޒީލޭންޑުން ދައުވާކުރަނީ

Jul 13, 2015

ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވި މައްސަލާގައި ކޮންކާކަޕް އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންއިން ނިއުޒީލޭންޑް ޑިސްކޮލިފައިކުރުމުން އެގައުމުން އޯޝޭނިޔާގެ ފުޓްބޯޅަ ފެޑަރޭޝަނާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.

ނިއުޒީލޭންޑް ޑިސްކޮލިފައިކުރީ ދެކުނު އެފްރިކާ އަށް އުފަން ކުޅުންތެރިއެއް ކަމަށްވާ ޑެކްލަން ވޭން ލައްވައި ކުޅުވި މައްސަލާގަ އެވެ. އެއިރު އެ ޓީމު އޮތީ ފިޖީއާއެކު އެއްކޮޅުން މުބާރާތުގެ ފައިނަލަށް ވެސް ހޮވިފަ އެވެ. ނަމަވެސް ވޭން ލައްވައި ކުޅުވިކަން އެނގުނީ ސެމީ ފައިނަލުގައި ނިއުޒީލޭންޑް އަތުން ބަލިވި ވަނައުޓާއިން އެ މައްސަލަ ޖެއްސުމުންނެވެ.

މި މައްސަލަ ބެލުމަށްފަހު ނިންމީ ވަނައުޓާ އަށް 3-0 އިން މެޗު ދިނުމަށެވެ. އަދި ފިޖީ އާއި އެކު ފައިނަލްކުޅެ އެ ގައުމު ވަނީ ބަލިވެ އެވެ.

މި މައްސަލާގައި ނިއުޒީލޭންޑުން ބުނީ އެ ގައުމަށް ފިޔަވަޅު އެޅިކަމަށްބުނަނީ ފީފާއާ ހަވާލާދީފައި ކަމަށާއި ނަމަވެސް އިންސާފު ހޯދަން ދައުވާ ކުރާނެ ކަމަށެވެ.

އޯޝޭނިއާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ފީފާ ގަވާއިދުގެ ހަތް ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވޭން އަށް ނިއުޒީލޭންޑަށް ކުޅެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.