ހަބަރު

މިސްކިތަކުން ވެއްޓި އެސްޓީއޯގެ ވެރިޔަކު އައިސީޔޫގައި

Apr 21, 2019
1

މަސައްކަތް ކުރަމުން ދިޔަ ފައިފޮހޭ މިސްކިތް، މުހައްމަދު ޖަމީލް މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި އެސްޓީއޯގެ އިސް ވެރިއަކަށް އޭޑީކޭގެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ. އޭނާގެ ހާލު ސީރިއަސް އެވެ.

ރޯދައަށް ހުޅުވަން މަސައްކަތް ކުރަމުން އަންނަ މ. ކުއްޅަވައްގޭ ކައިރީ ހުންނަ އެ މިސްކިތުގެ ދެވަނަ ބުރިން ވެއްޓުނީ އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓްގެ ވެރިޔާ، މުސްތަފާ އަޒްމީ 41، އެވެ. ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލަށާއި ފުއްޕާމެއަށް ގެއްލުންތައް ލިބިފައި ވެއެވެ.