ހަބަރު

އައިއޭއެސް މުވައްޒަފުން ލޯފަން މީހުންގެ ޖަމިއްޔާއަށް 1 ލައްކަ ރުފިޔާ

Apr 21, 2019

ލޯފަން މީހުންގެ ޖަމިއްުޔާ، "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް" އަށް އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެެސް) އިން 100،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

އައިއޭއެސް އިން އެ ޖަމިއްޔާއަށް ފައިސާގެ އެހީއެއްވީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހާ ގުޅުވައިގެނެވެ.

މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މުޖްތަމައަށް އެހީވުމުގެ ގޮތުން މިފަހަރު ނިންމީ ލޯފަން މީހުންގެ ޖަމިއްޔާ އަކަށް އެހީވާން ކަމަށާއި ހަދިޔާކުރި އެ ފައިސާ އަކީ އައިއޭއެސްގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ކަމަށެވެ.

ލޯފަން މީހުންގެ ޖަމިއްޔާގެ އެމްބެސަޑަރަކީ މަރިޔަމް ވަހީދާ އެވެ، އޭނާ ވިދާޅުވީ އެހާ ބޮޑު އެހީއެއް މޯލްޑިވިއަނުން ވުމުން ވަރަށް އުފާކުރާ ކަމަށެވެ.