އައްޑޫ ސިޓީ

އައްޑޫގައި އެކްސިޑެންޓެއްވެ މީހަކު މަރުވެއްޖެ

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

އައްޑޫ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓްގައި އަނިޔާވީ ފިރިހެނަކާއި އަންހެނަކު މިއަދު މެންދުރުފަހު 2:30 އެހާއިރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ބުނީ އެ ދެމީހުންގެ ތެރެއިން ފިރިހެން މީހާ މަރުވެފައިވާ ކަމަށެވެ.

އަންހެން މީހާގެ ހާލު ރަނގަޅު ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ހިތަދޫ ކުނިކޮށި ކައިރިންނެވެ. އެހާދިސާގައި މަރުވެފައިވަނީ އައްޑޫގައި ހުންނަ ވެމްކޯ އޮފީހުގެ މުވައްޒަފެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިއަދުގެ އެކްސިޑެންޓް ހިނގާފައި ވަނީ "މެޑި ސިޓީ" ވެހިކަލަކާއި ދެ ސައިކަލެއް ޖެހިގެންނެވެ. މަރުވީ ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން މީހެކެވެ.