ސ. ހިތަދޫގައި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް މިއަދު އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫގެ ބޮޑު މަގުގައި ދުއްވި ދެ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހި އެކްސިޑެނޓްވެފަައިވާ ކަމަށާއި އެ އެކްސިޑެންޓްގެ ހަބަރު ފުލުހަށް ލިބުނީ މިއަދު މެންދުރު 11:30 އެހާކަންހާއިރު ކަމަށެވެ.
ހިތަދޫގެ އެކްސިޑެންޓުގައި އަނިޔާވީ އޭގެ ތެރެއިން ސައިކަލް ދުއްވަން އިން ބަންގްލާދޭޝްގެ ފިރިހެނަކާއި އަނެއް ސައިކަލްގައި ތިބި ދިވެހި ފިރިހެނަކާއި އަންހެނެކަށެވެ.
މި ދެ ސައިކަލް ވެސް ދުއްވާފައި ވަނީ ލައިސަންސް ނެތް މީހުނެވެ.