މޯލްޑިވްސް ޕޮލިސް ސާވިސް

ހިތަދޫގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ސ. ހިތަދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ކޮންޓްރޯލު ގެއްލި ކަހާލައިގެން ގޮސް މަގުމަތީގައި ހުރި ގަސް އިންދާ ޕޮޓެއްގައި ޖެހި ސައިކަލް ދުއްވަން އިން މިހާއަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:15 އެހާކަންހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވި 20 އަހަރުގެ ޒުވާނަކަށް ކަމަށާއި އޭނާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާގެ ބުރަކައްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށްވެއެވެ.

އެކްސިޑެންޓުވި ޒުވާނާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.