މަގުމަތީގެ އެކްސިޑެންޓް

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

Oct 18, 2021
1

ދެކުނު މައި ސިޓީ އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ. އެއީ ހިތަދޫ ރަހަދޫގެ މުހައްމަދު އަލްތާފެވެ.

އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ކޮންޓްރޯލްނުވެ ފާރެއްގައި ޖެހުމުންނެވެ. އެކްސިޑެންޓްގައި ޒުވާނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި ހަށިގަނޑުގެ ބައެއް އެހެން ތަންތަނަށްވެސް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ދެންމެ ބުނީ ޒުވާނާ އެ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

މިރޭގެ އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ތަކުރާރުކޮށް ގުޅުމުންވެސް މީޑިއާ އޮފިސަލް އަދި ޖަވާބެއް ނުދެއްވައެވެ.