މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ސ. މަރަދޫގައި ދެ ސައިކަލެއް ޖެހި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މަރަދޫގައި ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގީ މިއަދު ހަވީރު، 5:55 އެހާކަންހާއިރު ކަމަށާއި އެ އެކްސިޑެންޓްގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފަށާފައިވާ ކަމަށާއި އޭނާގެ ހާލު ދެރަ ކަމަށެވެ.

އެ ހާދިސާގައި އަނެއް ސައިކަލުގައި ތިބި މީހުން ވަނީ އެކްސިޑެންޓަސްފަހު އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ.