މަގުމަތީގެ އެކްސިޑެންޓް

އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ގެންނަނީ

އައްޑޫ ސިޓީގެ މަރަދޫ-ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 55 އަހަރުގެ މީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މަރަދޫ-ފޭދޫ ބޮޑު މަގުގައި ރޭ ހިނގި މި އެކްސިޑެންޓުގައި 55 އަހަރުގެ ފިރިހެނަކަށާއި 16 އަހަރުގެ ކުއްޖަކަށް ވަނީ ބޮޑެތި އަނިޠާކެއް ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ 16 އަހަރުގެ ކުއްޖާ ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލު ކޮންޓްރޯލް ނުކުރެވި ކުރިމަތިން އައި ސައިކަލުގައި ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި 55 އަހަރުގެ މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެގޮތުން މޫނުމަތީގެ ކަށިތަކެއް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި 16 އަހަރުގެ ކުއްޖާގެ މޫނަށްވެސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

މިއެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް 16 އަހަރުގެ ކުއްޖާ އަތުގައި ލައިސަންސް ނެތް ކަމަށް އެނގިފައިވެ އެވެ.