މާލޭގެ އިމާރާތެއްގެ މަތީން ވެއްޓުނު ދަގަނޑު ހޮޅިއެއް ދުއްވާފައި ދިޔަ ވެހިކަލަކަށް ހެރި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު ސަލާމަތް ވެއްޖެ އެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގެ ވީޑިއޯތަކެއް ވެސް މިހާރު ދައުރުވަމުން ދެއެވެ.
މާލޭގެ އަސުރުމާ ގޯޅީގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތެއްގެ މަތީން ދަގަނޑު ހޮޅި ރޭ ވެއްޓި ޖެނީ ދުއްވާފައި ދިޔަ ވޭނެއްގަ އެވެ. އެ ވެހިކަލްގެ ވިންޑްސްކްރީނު ފޫ އަޅުވާލާފައި ވެހިކަލްގެ ޑްރައިވަރާ ދިމާއިން އެތެރެއަށް ހެރެ އެ އެވެ.
މި ހާދިސާ ހިނގި އިރު އެ ވެހިކަލްގައި ތިބި ބަންގުލާދޭޝްގެ ދެ މީހުންގެ މެދަށް ދަގަނޑު ހޮޅި ފައިބާފައި ހުރި އިރު އެ ދެ މީހުނަށް ވެސް އެއްވެސް ގެއްލުމެއް ނުވެ ސަލާމަތްވެވުނެވެ.
އެ އިމާރާތުން ދަނޑު ހޮޅި ވެއްޓުނީ އިމާރާތުގައި މަސައްކަތަށް ހޮޅިތަކެއް އަރުވަން އުޅުމުގެ ތެރޭގަ އެވެ.