މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބްރިޖު މަތީ ރޭ ބަޔަކަށް އަނިޔާވެ ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ގެއްލުން ވި ހާދިސާގައި އިހުމާލުވި ބިދޭސީ ޑްރައިވަރުގެ ލައިސަންސް ބާތިލު ކޮށްފި އެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްގެ އެ މީހާގެ ލައިސަންސް ބާތިލު ކުރީ އިއްޔެ ކަމަށާއި އޭނާގެ ލައިސަަންސް ބާތިލު ކުރުމާއެކު ދެން އޭނާއަށް ލައިސަންސް ލިބޭނީ ދެ އަހު ދުވަހުގެ މުއްދަތެއްްގެ ފަހުން ކަމަށް ވެސް ޓްރާންސްޕޯޓުން ނިންމާފައިވާ ކަމަށެވެ.
މި ފިޔަވަޅު އެޅި އިރު ބްރިޖުގެ މާލެއާ ވީކޮޅުން ފައިބާ ހިސާބުގައި އެކްސިޑެންޓެއް ހިނގީ ބާރު ސްޕީޑުގައި އައި ޖީޕެއް ކޮންޓްރޯލު ނުވެ، އެހެން އުޅަނދު ތަކެއްގައި ޖެހިގެނެވެ. އެ ހާދިސާ ހިނގާފައި މިވަނީ ސިނަ މާލެ ބްރިޖުގައި ހަރުކޮށްފައި ހުރިި ސްޕީޑް ބްރޭކަރުތައް ނެގުމުން ބޮޑު އެކްސިޑެންޓެއް ހިނގާފާނެ ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފައި ވަނިކޮށެވެ.