ހަބަރު

މާޅޮހުގައި ވެލާ ފަޅާ މައްސަލަ ބަލަން ފަށައިފި

Dec 30, 2014
1

އއ. މާޅޮހުގައި ވެލާ ހިފައި ފަޅައި އޭގެ މަހާއި ބިސް ކަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މާލޮޅު މީހުން ވެލާ ފަޅާ މައްސަލަ އިއްޔެ މީޑީއާގައި ފެންމަތިވުމާއެކު މައްސަލައިގެ ތަހުގީގެއް ކުރަން ފަށާފައިވާ ކަމަށެވެ.

"އެ މައްސަލަ ބަލައި ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައި އެ ތަހުގީގުގެ އަޕްޑޭޓެއް އަދި ދެވޭވަރެއް ނުވޭ،" ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

މާޅޮޅޮހު ވެލާގެ މައްސަލަ ފެންމަތިވެ ވެލާ ފަޅާ ފޮޓޯތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ މައްސަލައިގެ ތަހުގީގެއް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިން ވެސް ވަނީ ފަށާފަ އެވެ. އެ ތަހުގީގާ ބެހޭ މައުލޫމާތު އަވަސް އަށް އަދި ސާފެއް ނުވެއެވެ.

ރާއްޖޭގައި ވެލަޔަކީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުމެކެވެ. މާޅޮހު މީހުން ވެލާ ފަޅާ މައްސަލަ އިއްޔެ މީޑިއާގެ ސަމާލު ކަމަށް ގެނައީ "އަވަސް" އިންނެވެ.