ހަބަރު

ޓެލެވިޒަން ވެދާ ޕުރެޒެންޓޭޝަން ޓްރެއިނިން ވޯކްޝޮޕެއް މެޓް އޮފީހުން ބާއްވައިފި

ޓެލެވިޒަން ވެދާ ޕުރެޒެންޓޭޝަން ގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ވޯކްޝޮޕެއް މޯލްޑިވްސް މީޓެރިއޮރޮލޮޖިކަލް ސާވިސަސްއިން ބާއްވައިފި އެވެ.

މެޓްއޮފީހުން ބުނީ 2005 ނޮވެމްބަރު 11 ގައި ކުޑަގޮތަކަށް ފަށައިގަތް ޓެލެވިޒަން ވެދާ ޕުރެޒެންޓޭޝަން ގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް
ގިނަމަސައްކަތް ތަކެއް އަބަދުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން ވެދާ ސުޓޫޑިއޯގެ ފެންވަރު ރަނގަޅުކޮށް ހައި ކޮލިޓީގައި މޫސުން ރެކޯޑު
ކުރެވޭ ފެންވަރަށް މެޓް އޮފީހުގެ ވެދާ ސްޓޫޑިއޯ އަޕްގްރޭޑް ކުރެވިފައިވާ ކަމަށެވެ.

ފަހުގެ ޓެކްނޮލޮޖީއަށް ގެނެވޭ ބަދަލުތައް ޕްރެޒެންޓް ކުރުމުގައި ބޭނުންކޮށް ވެދާ ޕުރެޒެންޓޭޝަންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަންގެ އެހީތެރިކަމާއެކު މެޓްއޮފީހުގައި ހިންގި ވޯކްޝޮޕް ވަނީ 5 ދުވަހުގެ މުއްދަތައް ކުރިޔަށް ގެންގޮސްފަ އެވެ.

އެ ޓްރެއިނިން ވޯކްޝޮޕްގައި މެޓްއޮފީހުގައި މިހާރު މޫސުން ޕުރެޒެންޓް ކުރާ 9 މުވައްޒަފަކު ބައިވެރިވިކަމަށާއި، އެ ވޯކްޝޮޕްގެ ސަބަބުން
ވެދާ ޕުރެޒެންޓަރުން ޕުރެޒެންޓްކުރުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ އެއޮފީހުން ޢާއްމުރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް
ހަރުދަނާވެގެން ދާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.