މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓެއްވެ ދެމީހަކަށް އަނިޔާވެއްޖެ

Apr 27, 2019
2

ހުޅުމާލޭގައި މިއަދު އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގެ ކައިރިން މިއަދު މެންދުރު ފަހު 2:50 އެހާކަންހާއިރު އެވެ.

ފުލުހުން ބުނީ ޕާކް ކައިރިން ދުއްވި ކާރެއްގެ ކޮންޓްރޯލް ގެއްލިގެން ގޮސް އެ ސަރަހައްދުން ދިޔަ ސައިކަލެއްގައި ޖެހުނީ ކަމަށާއި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުނަށް ވަގުތުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާ ވީވެސް ކާރުގައި އިން މީހާ އާއި ސައިކަލްގައި އިން މީހާއަށެވެ. މީގެ ތެރެއިން ސައިކަލްގައި އިނީ އަންހެނެކެވެ.

ފަރުވާއަށްފަހު ކާރުގައިގައި އިން މީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. އަންހެމީހާ އަދި އޮތީ ހޮސްޕިޓަލުގަ އެވެ. ހަށިގގަނޑުގެ ބޭރުން އޭނާއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.