އެކްސިޑެންޓް

ޕިކަޕަކާ ޓްރަކެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ކާރަކާއި ޓްރަކެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 2:40 ކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެެއެވެ. ނަމަވެސް ކާރަށާއި ޓްރަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.

ފުލުހުން ބުނީ ދެ ވެހިކަލްވެސް ދުއްވާފައިވަނީ ލައިސަންސް އޮތް ދެ މީހުން ކަމަށެވެ

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުން ނެވެ.