އެކްސިޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ބްރިޖް މަތީގަ އެވެ.

ލޮރީއަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލު ހާމައެއް ނުކުރެ އެވެ.

މިފަހުން ހުޅުމާލެ އަދި މާލޭގައިވެސް ގިނަ އެކްސިޑެންޓުތަކެއް ވަނީ ހިނގާފަ އެވެ.